މާޅޮހުގައި އުމުރުން ދުވަސްވީ މީހަކު މަރާލުން: ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފި

ދަޕްރެސް

13 ޖުލައި 2025 | އާދިއްތަ | 4:30

އއ. މާޅޮހުގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ މަރާލި މައްސަލައިގައި، އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މަރާލާފައިވަނީ، އެ ރަށު އޯކިޑްމާގެ އަބްދުއްރަހްމާން އާދަމް (65އ.) ކަމަށެވެ.

އެއާއެކު ފުލުހުން ބުނީ ތަހުގީގަށް ބޭނުންވާ ތަހުލީލުތައް ހެދުމަށް އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި، ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

މައުޟޫޢުތަށް