ފަސޭހައިން ދެނެގަނެވޭނެ ގޮތަކަށް ހެދުމަށް ވިޒިޓް މޯލްޑިވްސްގެ ލޯގޯއަށް ބަދަލުތަކެއް

ދަޕްރެސް

13 ޖުލައި 2025 | އާދިއްތަ | 5:53

ފަސޭހައިން ދެނެގަނެވޭނެ ގޮތަކަށް ހެދުމަށް ވިޒިޓް މޯލްޑިވްސްގެ ލޯގޯއަށް ބަދަލުތަކެއް ގެނެއްސިއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ ލޯގޯއަށް ގެނެވުނު ބަދަލުގެ ސަބަބުން ހުރިހާ ވަސީލަތެއްގައިވެސް އެއްހަމަ އަދި ފާހަގަކޮށްލެވޭފަދަ ވިޝުއަލް ޕްރެޒެންސްއެއް ގާއިމުކުރެވޭނެ ކަމަށެވެ.

އެގޮތުން ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ލޯގޯގެ ކުލަތަކުގެ ޓޯންތަކަށް ގެނެވުނު ކުދިކުދި ބަދަލުތަކަކާއި، ހުޅުވިފައިވާ ހާމަތަންތަނުގައި އިޝްތިހާރު ހަރުކުރެވޭއިރު ބަލާމީހުންނަށް ފަސޭހައިން ދެނެގަނެވޭނެ ފަދަ ގޮތަކަށް ބައްޓަން ކުރުމަށް ލޯގޯޓައިޕަށް ގެނެވުނު ބަދަލުތައް ހިމެނޭކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް