އުރީދޫގެ ލިވް އަންލިމިޓަޑް ކެމްޕެއިން: އުމްރާ ދަތުރު ލިބޭ 4 ވަނަ ނަސީބުވެރިޔާ އީސާ އަލިފުޅަށް

ދަޕްރެސް

13 ޖުލައި 2025 | އާދިއްތަ | 6:58

އުރީދޫ މޯލްޑިވްސް އިން މިހާރު ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ ހަތަރު ވަނަ ނަސީބުވެރި ފަރާތަކަށް ޅ. ހިންނަވަރުގެ އީސާ އަލިފުޅު ހޮވިފައިވާކަން އިއުލާން ކޮށްފިއެވެ.

އުރީދޫ އިން ބުނީ، އީސަ އަށް މި ލަކީ ޑްރޯ ގައި ލިބިފައި ވަނީ އުމްރާ ދަތުރެއް ކަމަށެވެ. އީސާގެ ފަރާތުން އިނާމާއި ހަވާލުވީ އާމިނަތު ޝައްފާ އަބްދުالله ޝަފީއު އެވެ.

އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހިންގާ ކެމްޕެއިނެކެވެ. މި ހާއްސަ ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބިގެންދާނެއެވެ. ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ އިރު، މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒް އަކީ 2 މީހަކަށް ހައްޖު ދަތުރެކެވެ.

މައުޟޫޢުތަށް