އެކްސިޑެންޓް: ސައިކަލުގައި ތިބީ 18 އަހަރު ނުފުރޭ ދެކުދިން، ދެން އަނިޔާވީ 40 އަހަރުގެ މީހަކަށް

ދަޕްރެސް

13 ޖުލައި 2025 | އާދިއްތަ | 10:20

މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލުގައި ތިބީ 18 އަހަރު ނުފުރޭ ދެކުދިން ކަމަށް ފުލުހުން ބުނެފިއެވެ.

މިރޭ މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެކްސިޑެންޓްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަސް މަތިން ހުރަސް ކުރި މީހެއްގެ ގައިގާ ޖެހިފައި ވެއެވެ. އަދި ސައިކަލު ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުން ދަތުރު ކުރި ޕިކަޕެއްގައި ވެސް ވަނީ ޖެހިފައެވެ.

މިރޭ ހިނގި މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ވަނީ ގެންގޮސްފައެވެ. އެ މީހުންގެ ތެރެއިން އަނިޔާވި 17 އަހަރުގެ ކުއްޖާ ވަނީ މަރުވެފައެވެ.

މައުޟޫޢުތަށް