އެކްސިޑެންޓްގައި ނިޔާވީ އަޝްފާ އާއި ތޭރަވާގެ ހުރި ހަމައެކަނި ދަރިފުޅު، އަލްސަން!
ދަޕްރެސް
13 ޖުލައި 2025 | އާދިއްތަ | 10:42
މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) ގެ ހަމަ އެކަނި ދަރިފުޅު އަލްސަން މުހައްމަދު ކަން އެނގިއްޖެއެވެ.
މިރޭ މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެކްސިޑެންޓްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަސް މަތިން ހުރަސް ކުރި މީހެއްގެ ގައިގާ ޖެހިފައި ވެއެވެ. އަދި ސައިކަލު ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުން ދަތުރު ކުރި ޕިކަޕެއްގައި ވެސް ވަނީ ޖެހިފައެވެ. މިރޭ ހިނގި މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ވަނީ ގެންގޮސްފައެވެ. އެ މީހުންގެ ތެރެއިން އަނިޔާވި 17 އަހަރުގެ ފިރިހެން ކުއްޖާ ވަނީ ނިޔާވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ތޭރަވާ އާއި އަޝްފާގެ ދަރިފުޅެވެ. ނަމަވެސް މިކަމާ ގުޅިގެން އަދި ތޭރަވާ އާއި އަޝްފާގެ ބަހެއް ލިބިފައެއް ނުވެއެވެ.