އަލްސަންގެ ކަށުނަމާދު މިއަދު އަސުރުނަމާދަށްފަހު އާސަހަރާގައި
ދަޕްރެސް
14 ޖުލައި 2025 | ހޯމަ | 10:12
މާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި ނިޔާވީ ޔޫސުފް އަލްސަން މުހައްމަދުގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު އަސުރުނަމާދަށްފަހު ބާއްވަން ނިންމައިފިއެވެ.
އަލްސަންގެ މައްޗަށް ކަށުނަމާދު ކުރަން ހަމަޖެހިފައި ވަނީ އަސުރުނަމާދަށްފަހު މާލެ އާސަހަރާގައެވެ.
ރޭ މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެ އެކްސިޑެންޓްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަސް މަތިން ހުރަސް ކުރި މީހެއްގެ ގައިގާ ޖެހިފައި ވެއެވެ. އަދި ސައިކަލު ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުން ދަތުރު ކުރި ޕިކަޕެއްގައި ވެސް ވަނީ ޖެހިފައެވެ.