ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހައަށް ފަރުވާދެނީ ވެންޓިލޭޓަރުގައި
ދަޕްރެސް
14 ޖުލައި 2025 | ހޯމަ | 10:14
ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
ރޭ މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެ އެކްސިޑެންޓްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަސް މަތިން ހުރަސް ކުރި މީހެއްގެ ގައިގާ ޖެހިފައި ވެއެވެ. އަދި ސައިކަލު ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުން ދަތުރު ކުރި ޕިކަޕެއްގައި ވެސް ވަނީ ޖެހިފައެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަފިހި ހުރަސްމަތިން މަގުހުރަސްކުރަނިކޮށް ސައިކަލުން ޖެހި އަނިޔާވި އުމުރުން 40 އަހަރުގެ މީހާއަށް ފަރުވާދެމުންދަނީ އަޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭރުގައި ކަމަށެވެ. އަދި މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗް ވޯޑުގައި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.