އެމްއެމްޕީއާރުސީގެ ނަން "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް"އަށް ބަދަލުކޮށްފި

ދަޕްރެސް

14 ޖުލައި 2025 | ހޯމަ | 11:49

"މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަން "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް"އަށް ރައީސް ބަދަލުކުރައްވައިފިއެވެ.

މި ބަދަލު ގެންނަވައި އެކަން އިއުލާނުކުރައްވާފައި ވަނީ ނަންބަރު 2025/19، ގަރާރުންނެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ކުންފުންޏަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ސިންދަފާތުކުރުމަށްޓަކައި އިސްތިރާޖީ ގޮތެއްގައި ސަރުކާރުގެ ފަރާތުން ކުރަމުންއަންނަ މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް އެކުލަވާލާފައިވާ ކުންފުންޏެކެވެ.

މައުޟޫޢުތަށް