އަބްދުއްރަހްމާން އާދަމް މަރާލި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ
ދަޕްރެސް
14 ޖުލައި 2025 | ހޯމަ | 3:04
އއ. މާޅޮހުގައި ރަހުމްކުޑަ ގޮތަކަށް ހަމަލާދީގެން ރޭ މަރާލި، އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމް މަރާލި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުން މި މަރާއި ގުޅިގެން ފުލުހުންގެ ހާއްސަ ޓީމަކު އަންނަނީ އެ ރަށުގެ އެކި ސަރަހައްދުތައް ބަލާ ފާސްކުރަމުންނެވެ. އެގޮތުން އެ ރަށު ހުރަސް މަގާ ދިމާލުން ހޭޅިފަށް ސަރަހައްދު ބަލަމުން އަންނައިރު މި ހާދިސާއަށް ފަހު އެ ރަށަށް އަރާ ފައިބާ މީހުން މޮނީޓާކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިއްޔެ ފުލުހުން ބުނީ އަބްދުއްރަހްމާން އާދަމް މަރާލި މައްސަލައިގެ ތަހުގީގަށް ބޭނުންވަ ތަހުލީލުތައް ހެދުމަށާއި، ނިޔާވި ސަބަބު ދެނެގަންނަން ޕޯސްޓުމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާއިރު އާއިލާ އިން ވަނީ އޮޓޮޕްސީ ހެދުމުގެ ބަދަލުގައި ހަށިގަނޑު އަވަހަށް ވަޅުލާން ބޭނުންވާކަމަށް ބުނެފައެވެ.