ޕަބްލިކް ވޯކްސް ހިދުމަތްދޭ ޔުނިޓްތައް ގާއިމްކުރާނެ ރަށްތައް ސަރުކާރުން ކަނޑައަޅައިފި

ދަޕްރެސް

14 ޖުލައި 2025 | ހޯމަ | 4:15

ޕަބްލިކް ވޯކްސް ހިދުމަތްދޭ ޔުނިޓްތައް ގާއިމްކުރާނެ ރަށްތައް ސަރުކާރުން ކަނޑައަޅައިފިއެވެ.

ރައްޔިތުންނާ ގާތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާންމު ހިދުމަތް (ޕަބްލިކް ވޯކްސް) ދިނުމަށް މި އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވޯކްސް ޔުނިޓެއް ގާއިމުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ވިދާޅުވެފައެވެ.

ސިޓީސް، ލޯކަލް ގަވާމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީއިން ބުނީ ރަށްރަށުގެ މަގުތައް މަރާމާތުކުރުމާއި ވެލިމަގު ހެދުމާއި އަލަށް އާބާދުވާ ސަރަހައްދުތަކުގައި ހަދަންޖެހޭ މަގުތައް ހެދުމަށްޓަކައި ނަގަންޖެހޭ ރުއްގަސް ނެގުމާއި ޗަކަ ބިންތަކަށް ވެލިއަޅައި، ބިންގަނޑު އެއްވަރުކުރުމާއި ކާނުތައް ސާފުކުރުންފަދަ އާންމު ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެހިފައިނެތް އަތޮޅުތަކުގެ ތެރެއިން މިހާތަނަށް އިއުލާނު ނުކުރެވޭ އަތޮޅުތަކުގައި އާންމު ހިދުމަތްދޭ ޔުނިޓް ގާއިމު ކުރާނެ ރަށްތައް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ.

މައުޟޫޢުތަށް