ސަރުކާރުގެ ހިލޭ ޑިގްރީއަށް މިހާތަނަށް 235 މިލިއަން ހަރަދުކޮށްފި

ދަޕްރެސް

14 ޖުލައި 2025 | ހޯމަ | 5:54

ސަރުކާރުން ދޫކުރާ ހިލޭ ޑިގްރީއަށް މިހާތަނަށް 235 މިލިއަން ހަރަދުކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީ އިން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މި އަހަރުގެ މިހާތަނަށް ހިލޭ ޑިގްރީގެ ދަށުން ޖުމުލަ 85.48 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިހާތަނަށް ޖުމުލަ 235.84 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މީގެއިތުރުން އެ މިނިސްޓްރީ އިން ބުނީ ހިލޭ ޑިގްރީ ސްކީމުގެ ދަށުން 8،086 ދަރިވަރުން މިހާރުވެސް ތައުލީމު ހާސިލުކުރަމުން ދާކަމަށާއި، މި އަހަރު އެކެނިވެސް ހިލޭ ޑިގްރީގެ ފުރުސަތު 1،100 ދަރިވަރަކަށް ދީފައިވާ ކަމަށެވެ. އަދި މި އަހަރު ހިލޭ ޑިގްރީގެ ދަށުން ތައުލީމު ހާސިލުކުރި 2،068 ދަރިވަރަކު ދަސްވެނިވެފައިވާކަމަށްވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް