މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅުނު ކުޑަކުއްޖަކު ގެއްލިއްޖެ
ދަޕްރެސް
14 ޖުލައި 2025 | ހޯމަ | 8:48
އދ. މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅުނު ކުޑަކުއްޖަކު ގެއްލިއްޖެއެވެ.
ފުލުހުން ބުނީ މިއަދު މެންދުރުގެ ވަގުތެއްގައި މާމިގިލި ކައިރިއަށް 4 ކުއްޖަކު ފީނަން ދިޔަ ކަމަށެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ގެއްލިފައިވާ މައްސަލަ މިރޭގެ 19:00 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. މި ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންގެ އިތުރުން އެމްއެންޑީއެފް އާއި ރަށުގެ ރައްޔިތުންވެސް ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.