މާމިގިލި ކައިރިއަށް ފީނަން ފޭބި ކުޑަކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ
ދަޕްރެސް
14 ޖުލައި 2025 | ހޯމަ | 9:09
އދ. މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ކުޑަކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ އެ ކުއްޖާ ފެނިފައިވަނީ މާމިގިލި ބޭރުން ކަމަށާއި އެޔާއެކު މާމިގިިލި ސިއްހީ މަރުކަޒަށް ގެންގޮސްފައި ވާ ކަމަށެވެ.
ފުލުހުން ބުނީ މިއަދު މެންދުރުގެ ވަގުތެއްގައި މާމިގިލި ކައިރިއަށް 4 ކުއްޖަކު ފީނަން ދިޔަ ކަމަށާއި އޭގެ ތެރެއިން އެއް ކުއްޖަކު ގެއްލިފައިވާ މައްސަލަ މިރޭގެ 19:00 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.