4،000 ފްލެޓް އެގްރިމެންޓުގައި އަންނަ ހަފްތާގައި ސޮއި ކުރަން ފެށޭނެ: މުއްތަލިބް
ދަޕްރެސް
14 ޖުލައި 2025 | ހޯމަ | 10:38
ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ އެއްބަސްވުމުގައި އަންނަ ހަފްތާ ތެރޭގައި ސޮއިކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވަނީ މިހާރު ކުރިއަށްދާ 'އަހާ' ފޯރަމްގައި އާންމު ރައްޔިތަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ފްލެޓްތަކާ ގުޅިގެން ހުށައެޅި މައްސަލަތަކާ ޝަކުވާތައް ބައްލަވަމުންދާކަން ފާހަގަކޮށް މުއްތަލިބް ވިދާޅުވީ، މައްސަލައެއް ނެތި ފްލެޓް ލިބޭކަން ކަށަވަރުވާ މީހުންގެ ލިސްޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.