މާމިގިލިން ފީނަން ގޮސް އުޅެނިކޮށް ނިޔާވި ލޫތުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

ދަޕްރެސް

15 ޖުލައި 2025 | އަންގާރަ | 5:21

އދ. މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު މުހައްމަދު ލޫތުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މާމިގިލި ކައިރިއަށް ފީނަން ފޭބި ހަތަރު ކުދިންގެ ތެރެއިން 15 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ ރޭގެ 7:00 ހާއިރު އެވެ. އެ ވަގުތުން ފެށިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަދި ރަށުގެ އާއްމުން ކުރަމުންދަނިކޮށް ލޫތު ފެނުނީ ފީނަން ފޭބި ސަރަހައްދާ ކައިރި މޫދު އަޑިންނެވެ.

އެ ހާދިސާއާއި ގުޅިގެން ރައީސް މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޫދަށް ގޮސް އުޅެނިކޮށް އުމުރުން 15 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވުމަކީ، ހިތާމަވެރި، ނުތަނަވަސް އިޙްސާސްތަކެއް ކުރުވި ހިތްދަތި ހަބަރެއް ކަމަށެވެ.

މައުޟޫޢުތަށް