އިތުރު ގަޑީގެ ފައިސާ އެއްވެސް މިންވަރަކަށް އުނި ނުވާނެ ފަދައިން ހަމައަށް ދިނުމަށް ހެލްތު ޔޫނިއަނުން ގޮވާލައިފި

ދަޕްރެސް

15 ޖުލައި 2025 | އަންގާރަ | 5:22

ސިއްހީ ހިދުމަތުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ވަގުތުގެ އިނާޔަތް އެއްވެސް މިންވަރަކަށް އުނި ނުވާނެ ފަދައިން ހަމައަށް ދިނުމަށް މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަން އިން ގޮވާލައިފިއެވެ.

މިކަމާ ގުޅިގެން އެ ޔޫނިއަން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ އާ ޕޭ ފްރޭމްވޯކުގެ ދަށުން އިތުރު ގަޑީގެ ގޮތުގައި ދެވޭނީ މުސާރައިގެ 10 އިންސައްތަ ކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް، މަސައްކަތްތެރިން ލައްވާ ރަސްމީ މަސައްކަތު ގަޑީގެ އިތުރަށް އެތައް ވަގުތެއް މަސައްކަތުގައި ހޭދަކުރުވާ ކަމަށާއި އެ ހުރިހާ ވަގުތަކަށް އިތުރު ގަޑީގެ ފައިސާ ހަމައަށް ދޭން ޖެހޭނެ ކަމަށެވެ.

މީގެއިތުރުން އެ ޔޫނިއަންގެ ފަރާތުން ބުނީ ރައްކާތެރި ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް އެކަށީގެންވާ މިންވަރަށް ހުރިހާ ދާއިރާތަކަށްވެސް މަސައްކަތްތެރިން ހަމަ ކޮށްދިނުމަށްވެސް އެދިފައިވާ ކަމަށާއި، އިދާރީ އަދި ސަޕޯޓު ގިންތީގެ މަސައްކަތްތެރިންގެ އާ ވަޒީފާގެ އޮނިގަނޑުތައް ލަސްނުކޮށް ތަންފީޒުކޮށްދިނުމަށްވެސް އެދިފައިވާކަމަށެވެ. އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ދައުލަތުގެ އާ ޕޭ ފްރޭމްވޯކަށް ބަދަލުކޮށްދިނުމަށްވެސް ވަނީ އެދިފައެވެ.

މައުޟޫޢުތަށް