ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ތަމްރީނަށް ބައިވެރިން ހޮވަނީ، ފުރަތަމަ ބުރުގައި 350 ބައިވެރިން

ދަޕްރެސް

15 ޖުލައި 2025 | އަންގާރަ | 6:38

ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ތަމްރީނަށް ބައިވެރިން ހޮވުމުގެ މަރުހަލާ މާލެ ސިޓީގައި ފަށައިފިއެވެ.

އޯލެވެލް ނިންމާ ކުދިންގެ ތެރެއިން އޭލެވެލްއަށް ނުދާ ކުދިންނާއި ވަޒީފާ ހޯދުމަށް ދަތިވާ ކުދިންނަށް އަސްކަރީ ތަމްރީނު ހެދުމަށް ގާނޫނަކުން މަޖުބޫރު ކުރުވާ ވާހަކަ ރައީސް ހިއްސާ ކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕްރޮގާމުގެ ތެރެއިން އަހަރަކު 1،000 ކުދިން ތަމްރީނު ކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު މިއަދު ވަނީ މޯލްޑިވްސް ނޭޝަނަލް ސާވިސްގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުހާލާ މާލެ ސިޓީގައި ފަށާފައެވެ.

މައުޟޫޢުތަށް