ގިނަ ބައެއްގެ ސަމާލުކަން ލިބުނު ސަން ސިޔާމް އާއި ޒާރާގެ ކައިވެނި ރޫޅާލައިފި!

ދަޕްރެސް

15 ޖުލައި 2025 | އަންގާރަ | 7:48

ބ. ކަމަދޫގައި ބޭއްވި އީދު ކުޅިވަރުތަކުން މަޝްހޫރުވި އައިމިނަތު ޒާރާ އާއި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ ކައިވެނި ރޫޅާލައިފިއެވެ.

ސިޔާމް އާއި ޒާރާ ކައިވެެނި ބައްލަވައިގަތީ ހުސްވި އަހަރު އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އޮޅުވެލިފުށީގައި ބޭއްވި ކުލަގަދަ ހަފްލާގެ އިތުރުން ޒާރާ އުފަން ކަމަދޫގައި ވެސް ވަނީ ކައިވެނީގެ އުފަލުގައި ބޮޑު ހަފްލާއެއް ބާއްވާފައެވެ.

ޒާރާއާއި ސިޔާމްގެ ކައިވެނި ރޫޅާލާފައިވާކަން ކަށަވަރުކޮށްދީ ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީއޭގެ ކައުންސިލް މެންބަރު، މުހައްމަދު އައްބާސް ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާމް އާއި ޒާރާގެ ކައިވެނި ކުރީ އެކަކު އަނެކަކު ދެކެ ލޯބިވެގެން ކަމަށާއި އެ ދެ މީހުންގެ ކައިވެނި ރޫޅާލާފައިވަނީ ވެސް އެކަކު އަނެކަކުގެ މެދުގައި ރިވެތި ގޮތުގައި މަޝްވަރާ ކުރުމަށްފަހު ސުލްހަވެރި މާހައުލެއްގައި ކަަމަށެވެ.

މައުޟޫޢުތަށް