ފުވައްމުލަކުގައި ގާއިމުކުރާ ދަނޑުވެރިކަމުގެ ގައުމީ ލެބޯޓްރީގެ ހިދުމަތް އަންނަ އަހަރު ފެށުމަށް މަސައްކަތް ކުރަނީ

ދަޕްރެސް

16 ޖުލައި 2025 | ބުދަ | 10:52

ދަނޑުވެރިކަމުން އުފައްދާ ތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގާއިމްކުރާ ގައުމީ ލެބޯޓަރީގެ އަމަލީ މަސައްކަތް އަންނަ އަހަރުތެރޭ ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން މިނިސްޓަރުގެ ނައިބު އިސްމާއީލް މުހައްމަދު ވިދާޅުވީ، ފުވައްމުލަކުގައި ގާއިމްކުރާ ގައުމީ ލެބޯޓަރީގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް އެ މިނިސްޓްރީން މަސައްކަތްކުރަމުން އަންނަކަމަށެވެ. އެގޮތުން މިހާރު މަސައްކަތް ކުރިއަށްދާގޮތަށްބަލާއިރު، އަންނައަހަރުތެރޭ އެ މަސައްކަތް ނިންމާލެވޭނެކަމަށް އޭނާ ވަނީ ލަފާކޮށްފައެވެ.

މި ލެބޯޓަރީގެ އިމާރާތުގެ މަސައްކަތް ކުރިއަށްދާކަން ހާމަަކުރައްވަމުން އިސްމާއީލް މުހައްމަދު ވިދާޅުވީ މިހާރު އެތަނަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްސް ވެސް ހޯދާ ފުވައްމުލައް ސިޓީއަށް ފޮނުވާފައިވާކަމަށެވެ. "އަޅުގަނޑުމެން މަސައްކަތް ކުރަނީ މިއަންނަ އަހަރުގެ ކޮންމެވެސް ދުވަހެއްގަ ތެރޭގަ ލެބޯޓަރީގެ މަސައްކަތް އެއްކޮށް ނިންމާ، ހިދުމަތް ފެށުމަށް." އިސްމާއީލް މުހައްމަދު ވިދާޅުވިއެވެ.

މައުޟޫޢުތަށް