ސްކޮލާޝިޕް ސްކީމްގެ ދަށުން މިއަހަރު 735 ދަރިވަރުން ދަނީ ތައުލީމް ހާސިލުކުރަމުން: މިނިސްޓްރީ

ދަޕްރެސް

16 ޖުލައި 2025 | ބުދަ | 4:25

ސަރުކާރުގެ ސްކޮލާޝިޕް ސްކީމްތަކުގެ ދަށުން މި އަހަރު އެކަނި 735 ދަރިވަރުން ތައުލީމް ހާސިލުކުރަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ތަފާސްހިސާބުތަކުގައި ވާގޮތުން މިހާތަނަށް 93 ސްކޮލާޝިޕް ސްކީމެއް ތައާރަފުކުރެވިފައިވާއިރު، މި ސްކީމުތަކުގެ ދަށުން ތައުލީމު ހާސިލުކޮށް 158 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ.

މީގެއިތުރުން ދަރިވަރުންގެ ސްކޮލާޝިޕްތަކަށް މިހާތަނަށް ޖުމުލަ 332،306،239ރ. ހަރަދުކުރެވިފައިވާކަމަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި 2025 ވަނަ އަހަރު ސްކޮލާޝިޕްތަކަށް ވަނީ 83،389،345ރ. ހަރަދުކޮށްފައި ކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މައުޟޫޢުތަށް