ޗާގޯސްއާ ގުޅިގެން ޔޫރަޕިއަން ޕާލިމަންޓުގައި ގީލާ ދެއްކެވި ވާހަކަތައް ސަރުކާރުން ސާފުކޮށްދީފި

ދަޕްރެސް

16 ޖުލައި 2025 | ބުދަ | 7:01

ޗާގޯސް އަކީ ރާއްޖެ ތަނެއް ނޫން ކަމަށާއި، އެ ސަރަހައްދު ހޯދަންވެސް ނޫޅޭ ކަމަށް ޔޫރަޕިއަން ޕާލިމެންޓްގައި މި ސަރުކާރުން ހާމަކޮށްފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތައް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ސާފު ކޮށްދެއްވައިފިއެވެ.

ހަލީލް މިފަދައިން ހާމަކޮށްފައި ވަނީ 'ދިޔަވަރު' ނޫހުން މިދިޔަ ހޯމަ ދުވަހު ޝާއިއު ކުރި ހަބަރަކާ ގުޅިގެންނެވެ. އެ ހަބަރުގައިވާ ގޮތުން ސަރުކާރުގެ ފަރާތުން ބެލްޖިއަމް އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގީލާ ވަނީ މި މަހު ކުރީ ކޮޅު ޔޫރަޕިއަން ޕާލިމެންޓާއެކު ބޭއްވި ބައްދަލުވުމެއްގައި ޗާގޯސް އަކީ ރާއްޖެ ތަނެއް ނޫން ކަމަށާއި، ހޯދަންވެސް ނޫޅޭ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ޑިއަގޯ ގާސިޔާގައި އެމެރިކާގެ މިލިޓަރީ ބޭހެއް ހުރުމާއި މެދު، އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން އެއްވެސް މައްސަލައެއް އަދި އިއުތިރާޒެއް ރައީސް މުއިއްޒުގެ ސަރުކާރުގެ ނެތް ކަމަށް ވެސް އެމްބަސަޑަރު ގީލާ ސަރުކާރުގެ ފަރާތުން ޔޫރަޕިއަން ޕާލިމެންޓްގައި ވިދާޅުވެފައިވާ ކަމުގެ ތުހުމަތު އެ ހަބަރުގައި ކޮށްފައި ވެއެވެ.

މައުޟޫޢުތަށް