ޕީއެންސީގެ އެންމެންނަށް ވަޒީފާ ދޭނެ ކަމަށް ޝުޖާއު ވިދާޅުވެއްޖެ
ދަޕްރެސް
16 ޖުލައި 2025 | ބުދަ | 11:07
ވެރިކަން ކުރަމުން އަންނަ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހުރިހާ މެންބަރުންނަށް ވަޒީފާ ލިބޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މި ފަދައިން ވިދާޅުވެފައި ވަނީ މިރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން، ކުރިއަށް އޮތް ދުވަސްތަކުގައި އެ ޕާޓީގެ ލީޑަރުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަން ދަތުރު ކުރާނެކަން ފާހަގަ ކުރައްވާ ޝުޖާއު ވިދާޅުވީ މި ދަތުރުތަކުގައި އާންމު މެންބަރުންގެ ފަރާތުން ޕާޓީގެ ރައީސްއާ ހިއްސާ ކުރަން ހުރި ކަންކަން ދެނެގަންނާނެ ކަމަށެވެ.