އަނެއްކާވެސް އަސްކޮއި ގުރޫޕުން ފައިސާއަށް ހިޔާނާތްތެރިވި މައްސަލަތަކެއް، މިނިސްޓްރީން ފިޔަވަޅު އަޅަނީ!

ދަޕްރެސް

16 ޖުލައި 2025 | ބުދަ | 11:45

އަނެއްކާވެސް އަސްކޮއި ގުރޫޕުން ފައިސާ ނެގުމަށްފަހު އުމްރާގެ އަޅުކަމަށް ނުގެންދެވޭނެ ކަމަށް އެންގި މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މިރޭ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވަނީ އަސްކޮއި ހައްޖު އުމްރާ މޯލްޑިވްސްގެ ވެރިން ގިނަ ބައެއްގެ އަތުން އުމްރާއަށް ގެންދިއުމަށް ފައިސާ ނެގުމަށްފަހު، އެންމެފަހު ވަގުތު ނުދެވޭނެ ކަމަށްބުނެ، ޕާސްޕޯޓާއި ފައިސާއާއެކު ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް ބުނެއެވެ.

އެގޮތުން މީހަކު ފޭސްބުކްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، އުމްރާގެ މަތިވެރި އަޅުކަމަށް ދިއުމައްޓަކައި، ފޮނި އުންމީދުތަކެއް ކުރަމުންދިޔަ އެތައް ބައެއްގެ އަތުން ކުރިޔާލާ ފައިސާނަގާ، ފުރުމަށް ހަފްތާއަކައް ވެފައި ވަނިކޮށް މި ގުރޫޕުން [އަސްކޮއި ގުރޫޕުން] ނުދެވޭނެ ކަމަށް އަންގާފައިވާ ކަަމަށެވެ. އެއީ މި މަހުގެ 24 ވަނަ ދުވަހު ފުރަން ހަމަޖެހިފައިވާ ދަތުރެއް ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.

މައުޟޫޢުތަށް