އަބްދުއްރަހްމާންގެ ހަށިގަނޑު އޮޓޮޕްސީ ހަދަން ހޯމަ ދުވަހު އިންޑިއާއަށް ފޮނުވަން ހަމަޖައްސައިފި

ދަޕްރެސް

17 ޖުލައި 2025 | ބުރާސްފަތި | 10:27

އއ. މާޅޮހުގައި ރަހުމްކުޑަ ގޮތަކަށް ހަމަލާދީ މަރާލި އުމުރުން ދުވަސްވީ މީހާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވާލަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އއ. މާޅޮހުގައި މަރާލާފައި އޮއްވާ ފެނުނީ އުމުރުން 65 އަހަރުގެ އެ ރަށު އޯކިޑްމާގެ އަބްދުއްރަހްމާން އާދަމް އެވެ.

މި މައްސަލައިގައި ތަހުގީގަށް ބޭނުންވާ ތަހުލީލުތައް ހެދުމަށް އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވާ އިރު، ފުލުހުން ބުނީ މި މަހުގެ 21 ވަނަ ދުވަހު އޮޓޮޕްސީ ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިއާގެ ތިރުވަނަންތަޕުރަމް އަށް ފޮނުވާލަން ނިންމާފައިވާ ކަމަށެވެ.

މައުޟޫޢުތަށް