ސިއްހީ ދާއިރާގައި ބައި ގަރުނު ހިދުމަތް ކުރެއްވި ކަރީމްބެގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ދަޕްރެސް

17 ޖުލައި 2025 | ބުރާސްފަތި | 1:47

ސިއްހީ ދާއިރާގައި ބައި ގަރުނެއްހާ ދުވަހު ހިދުމަތް ކުރެއްވި ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ އަބްދުލްކަރީމް އާދަމް (ކަރީމްބެ) އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަރީމްބެއަކީ 47 އަހަރަށް ވުރެ ދިގު މުއްދަތަކު ސިއްހީ ދާއިރާގައި ހިދުމަތް ކުރެއްވި ބޭފުޅެއް ކަމަށާއި އެތައް ބަޔަކަށް ބޭސްފަރުވާ ކޮށްދެއްވި ހިދުމަތްތެރިޔާ އަވަހާރަވުމުގެ ހިތާމައިގައި އެ މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.

ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާއަށް މި ގެއްލުނީ، އެ ދާއިރާއަށް މި ވޭތުވި ބައި ގަރުނަށް ވުރެ ގިނަ ދުވަހު އައި ބަދަލުތައް ގާތުން ދެކެވަޑައިގެންނެވި، ތަޖްރިބާކާރު، އެންމެންގެ ލޯތްބާއި އިހްތިރާމް ލިބިވަޑައިގެން ހުންނެވި ނަމޫނާ ޝަހްސިއްޔަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކަރީމްބެއަކީ ދިވެހި ދައުލަތަށް ދިގު މުއްދަތަކު ހިދުމަތްކުރެއްވުމުގެ އިނާމު ލިބިވަޑައިގެންފައިވާ ޝަރަފްވެރިއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް