އަސްކޮއި ގުރޫޕުން ފައިސާގެ ހިޔާނަތްވެފައިވާ ފަރާތްތަކުން ފުލުހުންނަށް މައްސަލަ ހުށަހެޅުމަށް އެދެފި

ދަޕްރެސް

17 ޖުލައި 2025 | ބުރާސްފަތި | 3:31

އަސްކޮއި ގުރޫޕުން ފައިސާ ނެގުމަށްފަހު އުމްރާގެ އަޅުކަމަށް ނުގެންދެވޭނެ ކަމަށް އެންގި މައްސަލަ އެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއާސް ޕްރައިވެޓް ލިމިޓެޑުން އުމްރާއަށް ގެންދާނެ ކަމަށް ބުނެ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އުމްރާއަށް ދިއުމުގެ އިންތިޒާމް ހަމަޖައްސައިދީފައި ނުވާ ކަމަށާއި، މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން ފުލުހުންގެ އެކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަނުން މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

އެއާއެކު ފުލުހުން ވަނީ މި ގުރޫޕުގެ ފަރާތުން މިފަދަ ކަމެއް އިތުރު ފަރާތަކަށް ދިމާވެފައިވާނަމަ އެކަން އެކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން އަށް ގުޅާ އެންގުމަށް އެދިފައެވެ. އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން ނަންބަރު 9790048 ނުވަތަ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމަށްފަހުވެސް މައްސަލަ ހުށަހެޅޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް