ހުޅުމާލެ ވިނަރެސް ޓަވަރުން ވެއްޓުނު ޒުވާނާ ނިޔާވެއްޖެ
ދަޕްރެސް
17 ޖުލައި 2025 | ބުރާސްފަތި | 6:01
ހުޅުމާލެެ ފޭސް 2 ގެ ވިނަރެސް ފްލެޓްސްގެ ޓަވަރަކުން ވެއްޓުނު ޒުވާނާ ނިޔާވެއްޖެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާގައި ވެއްޓުނު 18 އަހަރުގެ ޒުވާނާ ހޮސްޕިޓަލަށް ގެނެވިފައިވަނީ މިއަދު ހަވީރު 4:30 އެހާކަންހާއިރު ކަމަށެވެ. ހޮސްޕިޓަލަށް ގެނައި އިރުވެސް އެ ޒުވާނާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށާއި ޑޮކްޓަރުން ސީޕީއާރް ދިނުމުންވެސް އެއްވެސް ބަދަލެއް ނެތް ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
އެއާއެކު ޑޮކްޓަރުންނާއި ހަވާލާދީ އޮފިޝަލު ވިދާޅުވީ 5:30 އެހާކަންހާއިރު އެ ޒުވާނާ ނިޔާވެފައިވާކަމަށެވެ.