ސަސްޕެންޝަންގައި 8 މަސް ބެހެއްޓުމަށްފަހު ކަރެކްޝަންސްގެ އޭސީޕީ މަގާމުން ވަކިކޮށްފި
ދަޕްރެސް
18 ޖުލައި 2025 | ހުކުރު | 8:42
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް މަގާމުން ވަކިކޮށްފިއެވެ.
އާސިފް މަގާމުން ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު ހިޔާނާތުގެ މައްސަލައަކާ ގުޅިގެންނެވެ.
އޭނާ ސަސްޕެންޑްކުރިކަން އަންގާ މުވައްޒަފުންނަށް އޭރު ފޮނުވި ލިޔުމުގައިވަނީ ކަރެކްޝަންސްގެ އެޗްއާރުގެ ހުއްދަ ނެތި މުހައްމަދު އާސިފް އެ ސާވިސްގެ އެއްވެސް އިމާރާތަކަށް ވަނުމަކީ މަނާ ކަމެއްކަމަށެވެ. އަދި އެ އެންގުމާ ހިލާފަށް އާސިފު އަމަލުކުރައްވައިފި ނަމަ އެކަން ކަރެކްޝަންސްގެ އެޗުއާރު ސެކްޝަނަށް އެންގުމަށްވެސް އެދިފައި ވެއެވެ.