ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި އިނގިރޭސިވިލާތުން މުހިންމު ދައުރެއް އަދާކުރޭ: ރައީސް
ދަޕްރެސް
18 ޖުލައި 2025 | ހުކުރު | 11:44
ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި އިނގިރޭސިވިލާތުން މުހިންމު ދައުރެއް އަދާކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީއިން އިންތިޒާމްކޮށްގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންދާ ސިލްސިލާ ފޯރަމްގެ 8 ވަނަ ބައްދަލުވުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި އިނގިރޭސިވިލާތުން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް ގައުމަކީ އިނިރޭސިވިލާތް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް 18،000އަށްވުރެ ގިނަ ފަތުރުވެރިން އެ ގައުމުން ރާއްޖެ އައިސްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.