ދެކުނުގެ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ
ދަޕްރެސް
18 ޖުލައި 2025 | ހުކުރު | 7:50
ރާއްޖޭގެ ދެކުނުގެ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފިއެވެ.
ފުލުހުން ބުނީ، މި މައްސަލަ އަކީ އައްޑޫ، ފުވައްމުލައް، ގއ އަދި ގދ، ހިމެނޭ ދެކުނުގެ ރަށެއްގައި ހިނގާފައިވާ ކަމެއް ކަމަށެވެ.
އެގޮތުން އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް އެ ކުއްޖާއަށް އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާ ކޮށްފައިވާ މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ މެންދުރު 12:35 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.