80 ހާސް ރުފިޔާގެ ފައިސާގެ އިނާމާއެކު މިއަހަރު އުރީދޫ މަސް ރޭސް ދެ ރަށެއްގައި!
ދަޕްރެސް
19 ޖުލައި 2025 | ހޮނިހިރު | 2:32
އުރީދޫ މަސްރޭސް 2025 ދެ ރަށެއްގައި ބޭއްވުމަށް ނިންމައިފި އެވެ.
މިއަަހަރު އުރީދޫ މަސްރޭސް ބޭއްވުމަށް ނިންމާފައި ވަނީ ކ. ހުރާ އާއި ށ. ފުނަދޫގައެވެ. އުރީދޫ އިން ބުނީ 80,000 ވުރެ ގިނަ ރުފިޔާގެ އިނާމާއެކު އުރީދޫ މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން ބާއްވާ އުރީދޫ މަސްރޭސް ހުރާގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް 22 ގަ އެވެ. އަދި ފުނަދޫގައި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް 29ގަ އެވެ.