ހަނިމާދޫ އެއާޕޯޓު މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް އިންޑިއާ ހައިކޮމިޝަނުގެ ފަރާތުން ބަލައިފި
ދަޕްރެސް
19 ޖުލައި 2025 | ހޮނިހިރު | 2:33
އިންޑިއާ ހައިކޮމިޝަނުގެ ފަރާތުން، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ޒިޔާރަތްކޮށް އެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައިފިއެވެ.
ރާއްޖޭގެ އެންމެ އުތުރަށް ވިޔަފާރީގެ އިންގިލާބެއް ގެންނާނެ ހަނިމާދޫ އެއާޕޯޓަކީ އިންޑިއާ އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓްގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކުރަމުންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އިންޑިއާގެ ހައި ކޮމިޝަނުގެ ފަރާތުން ޒިޔާރަތް ކުރެއްވީ މިދިޔަ އާދިއްތަ ދުވަހުއެވެ.
މި މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލައިލުމުގެ މައިގަނޑު މަގްސަދަކީ މަސައްކަތުގެ ކުރިއެރުން ވަޒަންކޮށް، މަޝްރޫއު ހިންގާ ފަރާތްތަކާ ގާތުން މައުލޫމާތު ހޯދުން ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ. އެގޮތުން މި ޒިޔާރަތުގައި، މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ ކޭޕީސީ ޕްރޮޖެކްޓްސް ލިމިޓެޑްގެ މުވައްޒަފުންނާއި މަސައްކަތްތެރިންނާ ބައްދަލުކޮށް ވަނީ މަޝްވަރާކޮށްފައެވެ.