ޓީއެމްއޭ މުވައްޒަފުންގެ މުސާރައިގެ ބައެއް ރުފިޔާއިން ދޭން ނިންމީ މަޝްވަރާނުކޮށް، ދަތުރުތައް ހުއްޓާލަނީ
ދަޕްރެސް
19 ޖުލައި 2025 | ހޮނިހިރު | 4:07
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންގެ މުސާރައިގެ ބައެއް ދިވެހި ރުފިޔާއިން ދޭން ނިންމީ އެ މުވައްޒަފުންނާއި އެއްވެސް ވަރަކަށް މަޝްވަރާނުކޮށް ކަމަށާއި، މިކަމުގެ ސަބަބުން ދަތުރުކުރުން ހުއްޓާލަން ނިންމާފައިވާކަމަށް ޓީއެމްއޭގެ ޕައިލެޓުން ބުނެފިއެވެ.
ޓީއެމްއޭއިން މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލަކީ މުސާރައިގެ 20 އިންސައްތަ ދިވެހި ރުފިޔާއިން އަދި އަނެއް 80 އިންސައްތަ ޑޮލަރުން ދިނުމަށް ގެނައި ބަދަލެވެ. ކުރިން މުވައްޒަފުންނަށް މުސާރަ ދީފައިވަނީ އެކަށް ޑޮލަރުންނެވެ. މި ބަދަލާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ޓީއެމްއޭގެ މުވައްޒަފުން ރޭ ވަނީ ހުޅުމާލޭ ވޯޓާސް އެޖް ރޫފްޓޮޕްގައި ބައްދަލުވުމެއްވެސް ބާއްވާފައެވެ.
އެ ބައްދަލުވުމުގައި މުވައްޒަފުން ވަނީ މިފަދަ ބޮޑު ބަދަލެއް ގެނެސްފައިވަނީ މުވައްޒަފުންނާއި އެއްވެސް ވަރަކަށް މަޝްވަރާކުރުމެއް ނެތި ކަމަށާއި، ކުރިއަށް އޮތް ތަނުގަައި ވެސް މަޝްވަރާއަކާއި ނުލައި ޓީއެމްއޭން މި ރޭޝިއޯ މަތި ކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެފައެވެ.