އެކްސިޑެންޓްތަކުގައި މީހަކު މަރުނުވިޔަސް، ޖިނާއީ ދައުވާ ކުރެވޭނެ ގޮތް ހެދުމަށް އިސްލާހެއް ހުށަހަޅައިފި

ދަޕްރެސް

19 ޖުލައި 2025 | ހޮނިހިރު | 8:20

އެކްސިޑެންޓްތަކުގައި މީހަކު މަރުނުވިޔަސް، ޖިނާއީ ދައުވާ ކުރެވޭނެ ގޮތް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ގާނޫނުލ އުގޫބާތަށް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ.

މިހާރު ގާނޫނު އޮންނަގޮތުން އިންޖީނުލީ އެއްގަމު އުޅަނދު ދުއްވައިގެން ހިނގާ އެކްސިޑެންޓްތަކުގައި މީހަކު މަރުނުވާނަމަ ޖިނާއީ ދައުވާ ކުރެވޭނެކަމަށް ސާފުކޮށް ބަޔާންކޮށްފައިނުވާ ކަމަށް މީކާއިލް ވަނީ ފާހަގަކުރައްވާފައެވެ. މީކާއީލް ވިދާޅުވީ މި އިސްލާހުގެ ސަބަބުން، މަގުމަތީގެ ގަވައިދުތަކާ ހިލާފަށް އަދި ފަރުވާލެއް ނެތްގޮތަށް އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކުގެ ޝިކާރައަށްވާ މީހުންނަށް އިންސާފު ލިބޭނެ މަގުފަހިވާނެ ކަމަށެވެ.

މައުޟޫޢުތަށް