އިޒްރޭލުގެ ނުފޫޒާއެކު ސީރިއާގެ ސުވޭދާގައި ހިންގާ ހަމަނުޖެހުންތައް ހުއްޓާލައި ސުލްހަވާން އެއްބަސް ވެއްޖެ

ދަޕްރެސް

19 ޖުލައި 2025 | ހޮނިހިރު | 10:35

އިޒްރޭލުން މަދަދު ވެރިވާ ދްރޫޒް ގަބީލާގެ ހަނގުރާމަވެރިންނާއި ބެދުއީން ނުވަތަ ބަދަވީން ގެ ޖަމާއަތުގެ ހަނގުރާމަވެރިންނާއި ސީރިއާ ސަރުކާރުގެ ސިފައިންގެ މެދުގައި ހިނގަމުން ދާ ހަމަނުޖެހުންތައް ހުއްޓާލައި ސުލްހަވާން އިޒްރޭލާއި ސީރިއާ އެއްބަސް ވެއްޖެއެވެ.

އިޒްރޭލަކީ އެމެރިކާގެ މަދަދު ލިބޭ ޔަހޫދީ ދައުލަތް ކަމަށް ވާ އިރު, އިޒްރޭލާއި ސީރިއާ އާ ދެމެދު ސުލްހަވެއްޖެ ކަން އިއުލާން ކުރީ އެމެރިކާއިންނެވެ.

ސުވޭދާގައި ހަތިޔާރުއެޅި ފަރާތްތަކުގެ މެދުގައި ހިނގަމުން ދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 260 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެއެވެ. ގެރިއްލާ ހަނގުރާމައެއްގެ ގޮތަށް ގެއިން ގެއަށް އަދި އިމާރްތަކަށް ވަދެ ހަމަލާ ދިނުމާއި, މަގުމަގު މަތިން ހަމަލާދިނުން ފަދަ އެތައް ހާދިސާއެއް ސްވޭދާގައި ދަނީ ހިނގަމުންނެވެ. ސުލްހަ ވި ކަން އެމެރިކާއިން އިއުލާން ކުރި އިރު ސީރިއާއިން ވެސް އެކަން އިއުލާން ކޮށްފައި ވެއެވެ.

މައުޟޫޢުތަށް