ޖުލައި 26 ގެ ޝަރަފުވެރިއަކަށް މޯދީ، ރާއްޖެއަށް ވަޑައިގަންނަވާނެ

ދަޕްރެސް

20 ޖުލައި 2025 | އާދިއްތަ | 8:54

ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ ހާއްސަ މުނާސަބާ ފާހަގަ ކުރާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ވަޑައިގަންނަގޮތަށް ހަމެޖެހިއްޖެއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގެ އިތުރުން އިންޑިއާގެ ބައެއް އޮފިޝަލުން ވިދާޅުވެފައި ވަނީ، ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށާއި ދޭދޭ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލުތައް އެފަރާތްތަކުން ހާމަ ކުރައްވާފައެއް ނުވެއެވެ.

ޖުލައި 25 އިން 26 އަށް މޯދީ ކުރައްވާ މި ދަތުރުފުޅާ ދިމާވާ ގޮތަށް ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވާއިރު އެ ރަސްމިއްޔާތު ޝަރަފުވެރިމެހެމާނަކީ މޯދީކަން އަދި ކަށަވަރެއް ނުވެއެވެ.

މައުޟޫޢުތަށް