ސްޓޫޑެންޓް ލޯނުގެ ގޮތުގައި 982.7 މިލިއަން ރުފިޔާ ދޫކޮށްފި

ދަޕްރެސް

20 ޖުލައި 2025 | އާދިއްތަ | 11:18

މިދިޔަ އަހަރުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ސްޓޫޑެންޓް ލޯނު ސްކީމްގެ ދަށުން 982.7 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 982،739،621.42 ރުފިޔާ ދޫކޮށްފައިވަނީ 1،151 ދަރިވަރުންނަށެވެ.

އޭގެތެރޭގައި ހިމެނެނީ 608 އަންހެން ދަރިވަރުންނާއި 543 ފިރިހެން ދަރިވަރުންނެވެ. މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް 863 ދަރިވަރު ގްރެޖުއޭޓްވެފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މައުޟޫޢުތަށް