ނ. އަތޮޅު ދަތުރުގައި އައްބާސް ބައިވެރި ނުކުރުމުން ރައީސަށް މަރުހަބާ ދެންނެވުމަށް ނުނިކުތުމަށް ގޮވާލައިފި

ދަޕްރެސް

20 ޖުލައި 2025 | އާދިއްތަ | 5:15

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ އަތޮޅުގެ ރައްޔިތުން ނުނިކުތުމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ގޮވާލައްވައިފިއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ލީޑަރުކަން ކުރައްވާ އެމްޑީއޭގެ ކައުންސިލް މެންބަރުކަން ވެސް ކުރަމުންދާ އައްބާސް މިފަދައިން ވިދާޅުވީ މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އައްބާސް ވިދާޅުވީ، މަޖުލީހުގެ ތަޅުމުގައި ވެލިދޫ ދާއިރާގެ ރައްޔިތުން ފަހުރުވެރިވާނޭ ވަރަށް އެ ރައްޔިތުންގެ ހައްގުގައި އޭނާ އަޑުއުފުލާފައިވާ ކަމަށާއި އެ ރައްޔިތުންގެ ހައްގުގައި 'ޓަކި' ނުޖަހާ މިނިސްޓްރީ އެއް ކުންފުންޏެއް އަދި ނުގުޅުއްވާ މިނިސްޓަރެއް އަދި އެމްޑީ އެއް ނުހުންނަވާނެ ކަމަށެވެ.

މައުޟޫޢުތަށް