ބީއެމްއެލްއިން އެސްޑީއެފްސީ ގަނެ، މާލީ އެހީ ދިނުން އިތުރަށް ފުޅާ ކުރަނީ

ދަޕްރެސް

20 ޖުލައި 2025 | އާދިއްތަ | 10:17

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގައި އޮންނަ ސަރުކާރުގެ ހިއްސާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

ވަޒީރުންގެ މަޖިލިހުން މިގޮތަށް ނިންމީ އެސްޑީއެފްސީގެ ހިއްސާ ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށް ބީއެމްއެލް އިން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާ ގުޅިގެން، މިކަމުގެ ސަބަބުން އަންނާނެ ހެޔޮ ބަދަލުތަކާ މެދު ފިނޭންސް މިނިސްޓްރީން ހުށަހެޅި ދިރާސާ ކަރުދާހަށް މަޝްވަރާ ކުރުމަށްފަހުއެވެ.

ރައީސް އޮފީހުން ބުނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަކީ ހުއްޓުމެއް ނެތި އަބަދުވެސް ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޭނުންވާ ކަމަކަށް ވާތީ، އެސްޑީއެފްސީގެ ހިއްސާ ބީއެމްއެލް އަށް ވިއްކާލުމުން އެ ބޭންކުގެ މާލީ ގާބިލްކަމުގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުއްޓުމެއް ނެތި އަބަދުވެސް ލޯނު ލިބެމުން ދާނެ ކަމަށެވެ.

މައުޟޫޢުތަށް