4000 ފްލެޓް: ޑައުންޕޭމަންޓަށް 25،000ރ. ދައްކަން ޖެހޭތީ އާންމުން ކަންބޮޑުވުން ފާޅުކޮށްފި

ދަޕްރެސް

20 ޖުލައި 2025 | އާދިއްތަ | 11:07

'ގެދޮރުވެރިޔާ' ސްކީމުގެ ފްލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހޭ ކަމަށް ބުނެ ފަހި ޔޫނިއަން ޖަމިއްޔާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފުލެޓުވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ އެއް ކަމަށްވާ ފަހި ޔޫނިއަނުން އެފްޑީސީއާއެކު ބޭއްވި ބައްދަލުވުމަށްފަހު މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ 4000 ފްލެޓުތަކަކީ، ކުއްޔަށްދޭ އުސޫލުން ދޫކުރާ ފުލެޓްތަކެއް ކަމަށެވެ.

އަދި މި ފުލެޓް ތަކަކީ އެހެނިހެން ރިއަލް އެސްޓޭޓް ކުންފުނިތަކުން ވެސް ދިގު މުއްދަތަކަށް އަގު ދައްކާ ހަލާސް ކުރުމުން މިލްކު ކުރެވޭ އުސޫލުން، ފަހި ދިރިއުޅުން ކޯޕަރޭޝަނަށް 25 އަހަރުގެ މުއްދަތަކަށް އަގު ދައްކާ ހަލާސް ކުރުމުން މިލްކުކުރެވޭ ގޮތަށް ދޫކުރެވޭ އެޕާޓްމަންޓްތަކެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މައުޟޫޢުތަށް