ޖީއެމްއާރު އެއާޕޯޓާއި ޕީޕީއެމްގެ ޓިކެޓާ ގުޅިގެން ޑރ. ވަހީދަށް ޔާމީން ފާޑުވިދާޅުވެއްޖެ
ދަޕްރެސް
21 ޖުލައި 2025 | ހޯމަ | 12:04
ރާއްޖޭގެ ބައިނަލްއަގުވާމީ ފުރަތަމަ ވައިގެ ބަނދަރު އިންޑިއާގެ ޖީއެމްއާރު އަތުން އަތުލުމާއި ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހޯއްދަވަން ކުރީގެ ރައީސް ޑރ، މުހައްމަދު ވަހީދު ހަސަން މަނިކު ކަންކުރެއްވި ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑު ވިދާޅުވެއްޖެއެވެ.
ޔާމީން ނިސްބަތްވެ ވަޑައިގަންނަވާ ޕީއެންއެފް ޕާޓީން ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރޭ ބޭއްވި ބައްދަލުވުމުގައި ޔާމީން ވިދާޅުވީ، 2012 ގައި ޖީއެމްއާރު އެއާޕޯޓު އަތުލި އިރު އެ މަސައްކަތް ކުރުމުގައި އޭރުގެ ރައީސް ޑރ. ވަހީދުގެ ދައުރަކީ، ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވުން ކަމަށެވެ.
ބަދަލު ދީ ޖީއެމްއާރު އެއާޕޯޓު އަތުލައި އެމީހުން ރާއްޖެއިން ފޮނުވާލުމުގައި ވަހީދުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ވިދާޅުވެ ޔާމީން ވަނީ އެކަމުގައި ކަންހިނގާ ދިޔަގޮތް ރޭ ސާފުކޮށް ވިދާޅުވެދެއްވާފައެވެ.