ނައިބު ރައީސްގެ އަރިހަށް އިންޑިއާގެ ސަފީރު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ދަޕްރެސް

21 ޖުލައި 2025 | ހޯމަ | 12:49

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޖީ ބާލަސުބްރަމާނިއަން، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ރައީސް އޮފީހުގައި ކަމަށާއި، މި ބައްދަލުވުމުގައި ދެ ގައުމުގެ ޒަމާންވީ ގުޅުމާއި އެއް ގައުމުން އަނެއް ގައުމަށް ދޭ އެއްބާރުލުމުގެ މައްޗަށް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާކަމަށެވެ. އަދި ދެ ގައުމަށްވެސް އެންމެ ފައިދާވާ، މަސްލަހަތު ހުރި ގޮތަށް ގުޅުންތައް ހަރުދަނާކުރުމަށްވެސް މަޝްވަރާ ކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ އިންޑިއާ އަދި ރާއްޖެއަށް އެއްބަސްވެވޭ ހަމަތަކުގެ މަތީގައި މުއާމަލާތްތަކެއް ކުރިއަށްގެންދިއުމަކީ ދިވެހި ސަރުކާރުގެ އިލްތިޒާމެއް ކަމުގައި ވިދާޅުވެފައެވެ.

މައުޟޫޢުތަށް