އަބްދުއްރަހްމާންގެ ހަށިގަނޑު އޮޓޮޕްސީ ހަދަން އިންޑިއާއަށް ފޮނުވައިފި

ދަޕްރެސް

21 ޖުލައި 2025 | ހޯމަ | 4:49

އއ. މާޅޮހުގައި ރަހުމްކުޑަ ގޮތަކަށް ހަމަލާދީ މަރާލި އުމުރުން ދުވަސްވީ މީހާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވާލައިފި ކަމަށް ފުލުހުން ބުނެފިއެވެ.

މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އއ. މާޅޮހުގައި މަރާލާފައި އޮއްވާ ފެނުނީ އުމުރުން 65 އަހަރުގެ އެ ރަށު އޯކިޑްމާގެ އަބްދުއްރަހްމާން އާދަމް އެވެ.

މި މައްސަލައިގައި ތަހުގީގަށް ބޭނުންވާ ތަހުލީލުތައް ހެދުމަށް އޭނާގެ ހަށިގަނޑު މާލެ ގެނައުމަށްފަހު އޮޓޯޕްސީ ހެދުމަށް އިންޑިއާ އަށް ފިނުވަން ވަނީ ނިންމާފައެވެ. ފުލުހުން ބުނީ މިއަދު އޮޓޮޕްސީ ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިއާގެ ތިރުވަނަންތަޕުރަމް އަށް ފޮނުވާލާފައިވާ ކަމަށެވެ.

މައުޟޫޢުތަށް