ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓު ވެއްޓުމާ ގުޅިގެން ރައީސް މުއިއްޒު ހިތާމަ ފާޅުކުރައްވައިފި

ދަޕްރެސް

21 ޖުލައި 2025 | ހޯމަ | 8:01

ބަންގްލަދޭޝްގައި މަތިންދާ ބޯޓެއް ވެއްޓިގެން ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ހިތާމަ ފާޅު ކުރައްވައި އެ ގައުމާ އެކު ދިވެހިން ތިބި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މަތިންދާ ބޯޓު ވެއްޓި އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކު ޒަހަމްވެފައިވާ ހިތާމަވެރި ހާދިސާއާ ގުޅިގެން ބަންގްލަދޭޝްގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ހަމްދަރުދީ ދަންނަވާ ކަމަށެވެ. މި ހިތާމަވެރި ހާދިސާގެ ޝިކާރައަކަށްވި ފަރާތްތަކާއި، އެމީހުންގެ އާއިލާތަކާއި، ހާލުގައި ޖެހުނު އެންމެހާ ފަރާތްތަކަށް ހެޔޮ ދުއާ ކުރައްވާ ކަމަށް ދިވެހިން ތިބީ ބަންގްލަދޭޝްއާ އެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަތިންދާ ބޯޓު ވެއްޓުނީ ބަންގްލަދޭޝްގެ އުއްތަރާ ސަރަހައްދުގައި ހުންނަ މައިލްސްޓޯން ސްކޫލް އެންޑް ކޮލެޖުގެ ދަނާލަށެވެ. އެ ވަގުތު އެތަނުގައި އެއްބައި ދަރިވަރުން އިމްތިހާނެއް ހަދަމުންދިޔަ އަނެއް ބައި ދަރިވަރުން ކްލާސްތަކުގައި ތިބި ކަމަށް މައުލޫމާތު ލިބެއެވެ.

މައުޟޫޢުތަށް