އައްޑޫ ކަރަންޓު މައްސަލަ: މި ސިޓީގެ ރައްޔިތުންނާ މެދު ދެވަނަ ދަރަޖައިގައި ބެއްލެވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން: ނިޒާރު

ދަޕްރެސް

22 ޖުލައި 2025 | އަންގާރަ | 10:00

އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ނުވެ ދެ އަހަރުވާން ކައިރިވެފައިވާއިރު އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ހެޔޮނިޔަތެއް އޮތްކަމަށް ގަބޫލުނުކުރާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއިން ފާއިތުވި ދެ މަސް ދުވަހު ކަރަންޓު ކެޑިފައިނުވާއިރު، ކަރަންޓު މައްސަލައަށް ހައްލެއް ލިބިފައިވާކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު މުޅި އައްޑޫން ކަރަންޓު ކެނޑުމަށްފަހު، މިހާރު އަނެއްކާވެސް ލޯޑުމަތިވާ ގަޑިތަކުގައި އައްޑޫގެ އެކި ހިސާބުތަކުން އަންނަނީ ކަރަންޓު ކަނޑަމުންނެވެ.

ކަރަންޓުގެ މައްސަލައާއި ގުޅޭ ގޮތުން އައްޑޫ ސިޓީ މޭޔަރު ވިދާޅުވީ އެ ސިޓީގެ ރައްޔިތުން ކަރަންޓު ނެތި އަނެއްކާ ވެސް ދަނީ މުސީބާތުގެ ހާލަތު ތަހައްމަލު ކުރަމުން ކަމަށެވެ. ގަޑިއިރަކުން ގަޑިއިރަކުން އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑަމުންދާއިރު ވިޔަފާރިތަކާ، އަމިއްލަ ފަރުދުންގެ މުދަލަށް ބޮޑެތި ގެއްލުންތައް ލިބި، އާންމު ހިދުމަތްތަކަށް ހުރަސް އެޅެމުންދާ ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ.

މައުޟޫޢުތަށް