ކުޑަފަރީގައި އިހުތިޖާޖުކުރި ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވާ ކަންބޮޑުވުންތައް އަޑުއައްސަވައިފި

ދަޕްރެސް

22 ޖުލައި 2025 | އަންގާރަ | 5:01

ނ. ކުޑަފަރީގައި އިހުތިޖާޖުކުރި ރައްޔިތުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވާ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވައިފިއެވެ.

ރައީސް ކުޑަފަރިއަށް ވަޑައިގެންފައިވަނީ މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި ކުޑަފަރީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވަނީ އެ ރަށު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރަށުގެ ގިރާ ސަރަަހައްދު ނުވަތަ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ކުރާއިރު އިގުތިސާދީ ނަފާ ލިބޭނެފަދައިން ލޭންޑް ޔޫސް ޕްލޭންގައި ރައްޔިތުން އެދޭގޮތަށް ކަނޑައަޅާފައިވާ ގޮތުގެ މަތިން މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.

އެއާއެކު ރައީސް ވަނީ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ކުޑަފަރީގައި ކުރިއަށް ގެންދާނީ ރައްޔިތުން އެދޭ ގޮތަށް ކަމުގެ ޔަގީންކަން ދެއްވާފައެވެ. މީގެއިތުރުން ރަށުގެ ހެލްތު ސެންޓަރާއި ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކުރައްވާ ރައީސް ވިދާޅުވީ ހެލްތު ސެންޓަރު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު އެމްޓީސީސީއާއި ހަވާލު ކުރެވިފައިވާ ކަމަށާއި ދާދި އަވަހަށް އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.

މައުޟޫޢުތަށް