4000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުން ބާރަށް ކުރިއަށް

ދަޕްރެސް

22 ޖުލައި 2025 | އަންގާރަ | 6:31

ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަ ދެއެވެ.

ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ކުރަން ޖެހޭ އެންމެހާ މުއާމަލާތްތައް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ފަށާފައި ވަނީ އިއްޔެއެވެ.

އެގޮތުން އެއްބަސްވުންތަކުގައި ސޮއިކުރަން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާއިރު ސޮއި ކުރުން ކުރިއަށްދާނީ، ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން 4:00 އަށެވެ.

މައުޟޫޢުތަށް