ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ވާނީ އަންގާފައި: ރައީސް

ދަޕްރެސް

22 ޖުލައި 2025 | އަންގާރަ | 7:13

ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ސަރުކާރުން ދޫކުރާ ލޯނު ސްކީމަށް ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ކަމާބެހޭ މިނިސްޓްރީތަކަށް އަންގާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިއަހަރު ލޯނަށް ކުރިމަތިލާ ޝަރުތު ހަމަވެފައިވާ 806 ދަރިވަރުންނަށް ލޯނު ދޫކުރުމަށް އަންގާފައިވާނެ ކަމަށެވެ.

ސަރުކާރުން ދޭ ލޯނަށް އެދި ހުށަހަޅަން 500 ފުރުސަތު ހުޅުވާލީ މިދިޔަ މާޗު މަހުގެ 29 ވަނަ ދުވަހު އެވެ. އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށެވެ. ޓޮޕްއަޕް ލޯންގެ ފުރުސަތަށް ހުޅުވާލުމުން 1،338 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. އޭގެތެރެއިން ޝަރުތު ހަމަވެފައި ވަނީ 806 ދަރިވަރުންނެވެ.

މައުޟޫޢުތަށް