ވެލިދޫ ދާއިރާގެ ތަރައްގީއަށް އައްބާސް ގެންދަނީ ހުރަސް އަޅަމުން: ރައީސް

ދަޕްރެސް

23 ޖުލައި 2025 | ބުދަ | 11:38

ނ. ވެލިދޫ ދާއިރާގެ ތަރައްގީއަށް އެ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އައްބާސް ގެންދަވަނީ ހުރަސްއަޅުއްވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ މިއަދު ފޮއްދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ވިދާޅުވީ ފޮއްދޫގެ ތަރައްގީއަށް ކުރިއަށް ގެންދާ މަޝްރޫއު ތަކުގައި ކައުންސިލުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭ ކަމަށާއި ނަމަވެސް ދާއިރާގެ މަޖިލިސް މެމްބަރުގެ އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށެވެ.

ވެލިދޫ ދާއިރާގައި ހިމެނޭ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަކަށް މެމްބަރު އައްބާސް ހުރަސް އަޅުއްވާކަމަށް ރައީސް ވިދާޅުވެފައި ވާއިރު، އެ ދާއިރާގައި ހިމެނޭ ރަށްރަށަކީ ފޮއްދޫ، ޅޮހި އަދި ވެލިދުވެ.

މައުޟޫޢުތަށް