މަގުމަތީގައި އުޅޭ ބުޅާތަކަށް ގޯނާކޮށް މަރާކަމުގެ ޝަކުވާއާއެކު، އިތުރު ބުޅާ އޮޅުހިޔާއަށް ގެންދަނީ
ދަޕްރެސް
23 ޖުލައި 2025 | ބުދަ | 5:39
ބުޅާތަކަށް އަނިޔާކުރާ ކަމުގެ ޝަކުވާ ބޮޑުވެ، ބުޅާތައް ރައްކާތެރި މާހައުލެއް ހޯދާ ދިނުމުގެ މަސައްކަތް އެނިމަލް ވެލްފެއާ މިނިސްޓްރީން ފަށައިފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މާލޭސިޓީގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ބައެއް ފަރާތްތަކުން ގޯނާކޮށް، ހާނިއްކަކުރުމުގެ އިތުރުން އެސޮރުމެން މަރާކަމުގެ ޝަކުވާތައް ލިބެމުންދާ މިހާރަކަށް އައިސް އިތުރުވަމުންދާ ކަމަށެވެ.
އަދި އެއީ ޖަނަވާރުގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާ ހިލާފު އަމަލަކަށްވާތީ، އެކަން ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. ހަމަ އެހެންމެ މިނިސްޓްރީން ބުނީ ޖަނަވާރުގެ ދުޅަހެޔޮކަމުގެ މަފްހޫމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ، ޖަނަވާރަށް ލިބިގެންވާ ފަސް މިނިވަންކަމެއް ކަމަށެވެ.